ބޭންކުން ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ނުކުރަން- ބީއެމްއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ބޭންކުން ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ނުކުރަން- ބީއެމްއެލް

އެމްއެމްޕީއާރުސީގެ ހިނާޔާތުގައި ބީއެމްއެލުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނިކޮށް، އެ ބޭންކުން ގަވައިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ މިއަދު ރައީސް ޔާމިންއަށް ރައްދުވާފަދަ ގޮތަކަށް ބަހުގެ ހަމަލާއެއް ދީފިއެވެ.

 

މިދިއަ ބުރާސްފަތިދުވަހުގެ ރޭ ކުރީގެ ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ އަށް ޖަމާކުރަން ޖެހޭ ފައިސާތަކެއް، އެސްއޯއެފްގެ އެކައުންޓަށް ތަކުރާރުކޮށް ޖަމާކުރަމުން ދިޔަ އިރު ބޭންކުގެ ކޮންމެވެސް ލެވެލަކުން ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. އެ ވާހަކަފުޅަށް ދިން ރައްދެއްގެ ގޮތުން، ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ އެމްއެމްޕީއާރުސީއާ ގުޅޭ ހުރިހާ މުއާމަލާތްތައް ބޭންކް ތެރެއިން ހިންގާފައި ވާނީ "ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް" ކަމަށެވެ.

 

މީގެ އިތުރުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި، ބީއެމްއެލުން ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އެއޮފިޝަލު ވިދާޅުވިއެވެ.

 

އެއްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމިން ދެއްކެވި ޥާހަކަތަކައް ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ފާޑުކިޔަމުންނެވެ. އަދި އެކަމުގައި ރައީސް ޔާމިންގެ ރޯލެއް ވާކަމަށް ތުހުމަތު ކުރެއެވެ.

 

ލިޔުނީ: ޒިދާން މުޙައްމަދު

މިއަދު އޮންލައިން