ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ޚާއްޞަ ދުޢާއެއް ކޮށްފި!

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ޚާއްޞަ ދުޢާއެއް ކޮށްފި!

ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ދިވެހިރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ރޭ މަޢްރިބް ނަމާދަށް ފަހު، ޚާއްޞަ ދުޢާއެއްކޮށްފިއެވެ. 

 

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ކުރި މި ދުޢާގައި އިސްލާމްދީނާއި މުސްލިމުން މަތިވެރި ކުރައްވައި، ޝިރުކާއި މުޝްރިކުން ނިކަމެތި ކުރެއްވުން އެދި އެދިފައި ވެއެވެ. އަދި ދިވެހިރާއްޖެ އިސްލާމްކަންމަތީ އަބަދައް ލެހެއްޓެވުމަށާއި، ރާއްޖެއަށް ގެއްލުންދޭން ރާވާ ކޮންމެ ބަޔަކަށް ނާކާމިޔާބީއާއި ނިކަމެތިކަން މިންވަރުކުރެއްވުން ވެސް މި ދުޢާގައި އެދިފައި ވެއެވެ. 

 

މީގެ އިތުރުން، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ މިރޭ 9 ޖަހާއިރު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އޮންނާނެއެވެ. 

 

ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ ހިޖުރައިން 1374 ވަނަ އަހަރުއެވެ.

 

ލިޔުނީ: ޒިދާން މުޙައްމަދު

މިއަދު އޮންލައިން