މަގުތަކަށް ކުނިއަޅާ މީހުންގެ ނަން އިއުލާނު ކުރަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
މަގުތަކަށް ކުނިއަޅާ މީހުންގެ ނަން އިއުލާނު ކުރަނީ!

 

މާލޭ ސިޓީގެ މަގުތަކަށް ކުނިއަޅާ މީހުންގެ ނަން އިއުލާނުކުރަން އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެސީ (އީޕީއޭ) އިން ނިންމައިފިއެވެ.

 

އީޕީއޭއިން ބުނީ ކުނިއަޅާ ސަރަހައްދުތަކުގައި ކެމެރާ ހަރުކޮށްގެން ކުނިއަޅާ މީހުން ދެނެގަތުމަށް ނިންމާފައިވާކަމަށެވެ.

 

"ކުރިއަށްއޮތް ތަނުގައި އީޕީއޭގެ މުވައްޒަފުން ނުކުމެ ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ. އެގޮތުން ކުނި އެއްކޮށްފައިހުންނަ ހިސާބުތަކާއި، މަގުމަތީގައި ކެމެރާ ބަހައްޓައި ކުނިއަޅާ މީހުން ދެނެގަނެ ފިޔަވަޅުއަޅައި ނަން ހާމަކުރަން ވަނީ ނިންމާފައި،" އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްތީ ގަތުމެއްގައި ވިދާޅުވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ހޮނިހިރު ދުވަހު ފައްޓަވާފައެވެ. މި ޕްރޮގްރާމުގައި ދައުލަތުގެ އިދާރާތަކުގެ އިތުރުން ގިނައަދަދެއްގެ އާންމުން މުޅި ރާއްޖެއިން ބައިވެރިވިއެވެ.

ލިޔުނީ: ޒިދާން މުޙައްމަދު

މިއަދު އޮންލައިން