ބާލިދީއަށް ލާފައި އޮއްވާ ފެނުނު ކުއްޖާ ދައުލަތަށް ނަގައިފި

ކިޔުމަށް ހޭދަވާނީ 1މ 9ސ
ބާލިދީއަށް ލާފައި އޮއްވާ ފެނުނު ކުއްޖާ ދައުލަތަށް ނަގައިފި

ގދ. ވާދޫގައި ވިހެއުމަށްފަހު ބާލިދީއަކަށް ލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.

 

މިދިޔަ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހުގެ އިރާކޮޅު އަންހެނަކު ވިހެއުމަށްފަހު، އެގޭގެ ފާހާނާގައި ހުރި ބާލިދީއަކަށް ތުއްތުކުއްޖާ ލާފައި އޮއްވާ ފެނިފައިވަނީ އެއަންހެން މީހާގެ އަވައްޓެއްރި އަކަށެވެ.

 

ޖެންޑާ މިނިސްޓްރީން އިއްޔެގެ ވަގުތެއްގައި އެކުއްޖާ ފިޔަވަތި މަރުކަޒަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލުގައި އޮތް ދުވަސްތަކުގައި އެކުއްޖާގެ ބޭސް ފަރުވާގެ ކަންކަން ވެސް ކުރިއަށް ގެންގޮސްފައި އެމިނިސްޓްރީގެ ބެލުމުގެ ދަށުން ނެވެ.

 

އެމިނިސްޓްރީގެ ބެލުމުގެ ދަށަށް ތުއްތުކުއްޖާ ގެންގޮސްފައި ވަނީ އެކުއްޖާއަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ޖެންޑާއިން ބުނެ އެވެ.

 

ސަރުކާރުން އެކުއްޖާއާއި ހަވާލުވެފައިވީ ނަމަވެސް، ތުއްތުކުއްޖާގެ އާއިލާގެ ތެރެއިން އެކުއްޖާ ބަލަން ބޭނުންވާ މީހަކު ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ޖެންޑާއިން އަންނަނީ ކުރަމުންނެވެ. އެގޮތުން އެފަދަ ފަރާތެއް އާއިލާގެ ތެރޭގައި ހުރިނަމަ ރީ އިންޓަގްރޭޓް ކުރެވޭނެ އެވެ. ނޫންނަމަ ފޯސްޓަރިން އުސޫލުން ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ނަގަން ބޭނުންވާ ބަޔަކު ތިބިތޯ ބެލުމަށްފަހު އެފަދަ ފަރާތަކާއި ޖެންޑާ އިން ކުއްޖާ ހަވާލުކުރާނެ އެވެ.

މިއަދު އޮންލައިން