އިސްލާމް ދީން ހިމާޔަތްކޮށް އެދީނުގައި ދެމިތިބުމަށް ކާބަފައިން ބޭނުންކުރި ޙިކުމަތްތަކުން މިއަދުވެސް ޢިބްރަތް ޙާޞިލުކުރަން ޖެހޭ: ހޯމް މިނިސްޓަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އިސްލާމް ދީން ހިމާޔަތްކޮށް އެދީނުގައި ދެމިތިބުމަށް ކާބަފައިން ބޭނުންކުރި ޙިކުމަތްތަކުން މިއަދުވެސް ޢިބްރަތް ޙާޞިލުކުރަން ޖެހޭ: ހޯމް މިނިސްޓަރު

ރާއްޖޭގެ ތާރީޚަށް ބަލައިފިނަމަ އިސްލާމް ދީން މަތީގައި ދެމިތިބުމަށް އަބަދުވެސް އައީ ގޮންޖެހުންތައް ކުރިމަތިކުރުވަމުން ކަމަށާއި އެހެންކަމާއިއެކުވެސް އިސްލާމް ދީން ހިމާޔަތްކޮށް އެ ދީނުގައި ދެމިތިބުމަށް ކާބަފައިން ބޭނުންކުރި ޙިކުމަތްތަކުން މިއަދުވެސް ޢިބްރަތް ޙާޞިލުކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

 

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޝައިޚް އިމްރާން ވިދާޅުވީ އިސްލާމް ދީނުގައި ސާބިތުވެ ތިބުމަށް ކާބަފައިން ކުރި ހިތްވަރަށް ފަށްފަށުން ތަޢުރީފް ހައްޤު ކަމަށާއި އެ މަސައްކަތްތަކުން މިއަދުވެސް ޢިބްރަތް ޙާޞިލުކުރަން ޖެހޭ ކަމަށެވެ.

 

ޝައިޚް އިމްރާން ވިދާޅުވީ ރާއްޖެ އިސްލާމްވީންސުރެ ފާއިތުވި 892 އަހަރު އިސްލާމް ދީން ވެފައި އޮތީ ދިވެހިންގެ އަދި ދިވެހި ދައުލަތުގެ މައި ބަދަ ކަމަށެވެ. އެހެންކަމުން މައިބަދަ ރައްކައުތެރިކޮށް ހިމާޔަތްކުރަން ކާބަފައިން ވަނީ ވަރަށް މަތިވެރި ޤުރްބާނީތަކެއް ވެފައި ކަމަށެވެ. އަދި މިއަދާއި ހަމައަށްވެސް އެކަން ދެމިއޮވެފައިވަނީ އެގޮތުގައި ކަމަށެވެ. ހަމައެއާއިއެކު ފެންނަން އޮތް ހަޤީޤަތަކީ ދިވެހިން އިސްލާމް ދީން ބަލައިގަނެ އެ ދީނަށް އެނބުރުނީ އެއްވެސް ހަނގުރާމައެއް ކޮށްގެން ނޫން ކަމާއި އިސްލާމް ދީނުގައިވާ ރިވެތި އަޚްލާޤުގެ ސަބަބުން ކަމެވެ.

 

ދިވެހިންގެ ދިރިއުޅުމާއި ހަދާ ޤާނޫނުތައް އިސްލާމް ދީނުގެ އަސާސްތަކުގެތެރެއިން ހަދަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ޝައިޚް އިމްރާން ވިދާޅުވީ ރާއްޖެ އިސްލާމް ވީންސުރެ ދިރިއުޅުމުގެ އުޞޫލުތަކުގައާއި ޤާނޫނުތަކާއި ޤަވާއިދުތައް ހެދުމުގައި މަސްދަރަކަށް ބަލާފައިވަނީ އިސްލާމް ދީނުގެ ސިޔާސަތުތަކާއި އުޞޫލުތައް ކަމަށެވެ.

 

މިއަދު އޮންލައިން