އަށްޑިހަ އަހަރުގެ މަންމައަކު ކޮޓަރިއަކަށްލައި ތަޅުލާފައި ބޭއްވުމުން ބަނޑަށް މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އަށްޑިހަ އަހަރުގެ މަންމައަކު ކޮޓަރިއަކަށްލައި ތަޅުލާފައި ބޭއްވުމުން ބަނޑަށް މަރުވެއްޖެ

އުމުރުން 80 އަހަރުވެފައިވާ މަންމައަކު ގޭގެ ކޮޓަރިއަކަށްލައި ތަޅުލާފައި ބޭއްވުމުން ބަނޑަށް މަރުވެއްޖެއެވެ. މިހާދިސާ ހިނގާފައި ވަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޝާހް ޖަހަންޕޫރުގައެވެ.

 

ފުލުހުން ބުނީ އެގެއަށް އިއްޔެ ފުލުހުން ދިއައީ ގެއިން އާދައާއި ކިލާފް ކުނިވަހެއް ދުވާކަމަށް އަވަށްޓެރިން ކުރި ރިޕޯޓަކާއި ގުޅިގެން ކަމަށެވެ. އަދި މަރުގެ ތަފްބީލު ހޯދަން މިހާރު ހޮސްޕިޓަލަށް ހަށިގަނޑު ފޮނުވާފައިވާ ކަމަށެވެ.

 

ފުލުހުން ބުނީ މިކަން ކުރިކަމަށް ބެލެވެނީ ރޭލްވޭގައި ޓިކެޓް ކަލެކްޓަރެއްގެ ވަޒިފާގައި މަސައްކަތް ކުރާ އޭނާގެ ފިރިހެން ދަރިފުޅު ކަމަށާއި ފުލުހުން ހަށިގަނޑު ހޯދިފަހުން އޭނާ ގެއަށް ނުދާ ކަމަށެވެ. ރޭލްވޭ ސްޓޭޝަނުން ބުނީ ނުބުނެ ވަޒީފާޢަށް ނުނުކުތުމުން 2 ފަހަރެއްގެމަތިން އޭނާ ސަސްޕެންޑްކުރެވިފައިވާ ކަމަށެވެ.

 

މިއަދު އޮންލައިން