ކެނެޑާއިން އެމެރިކާއަށް މެންގ ހައްޔަރުކޮށް ދިނުމުން ޗައިނާއިން ކެނެޑާގެ ޑިޕޮލޮމެޓިކަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ކެނެޑާއިން އެމެރިކާއަށް މެންގ ހައްޔަރުކޮށް ދިނުމުން ޗައިނާއިން ކެނެޑާގެ ޑިޕޮލޮމެޓިކަކު ހައްޔަރުކޮށްފި

ކެނެޑާއިން އެމެރިކާއަށް މެންގ ހައްޔަރުކޮށް ދިނުމުން ޗައިނާއިން ކެނެޑާގެ ޑިޕޮލޮމެޓިކަކު ހައްޔަރުކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ޗައިނާއިން ހައްޔަރުކޮށްފައިވަނީ މައިކަލް ކޮވްރިގްއެވެ. އޭނާއަކީ ޝައިނާ އާއި ހޮންގކޮންގ އަދި އދގައި މަސައްކަތް ކޮށްފައިވާ ޗައިނާ ބަހުން ވާހަކަދައްކާ ކުރީގެ ޑިޕޮލޮމެޓެކެވެ.

ޗައިނާއިން އޭނާ ހައްޔަރުކުރުމާއި ގުޅިގެން ކެނެޑާއިން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެމެރިކާއިން ވަނީ އޭނާގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރަން ގޮވާލައިފައެވެ.

 

އެމެރިކާއިން އިރާނާއިއެކު ވިޔަފާރިކުރުން މަނާކޮށްފައިވަނިކޮށް އީރާނާއިއެކު ވިޔަފާރިކުރުމުގެ ތުހުމަތުގައި އެމެރިކާގެ އެދުމަށް ކެނެޑާއިން ހައްޔަރުކޮށްދިން ޗައިނާގެ ހުވޭއި ކުންފުނީގެ ސީއެފްއޯ މެންގ، ކެނެޑާއިން މިހާރުވަނީ ޙަޟާރަތުގެދަށުން މިނިވަންކޮށްފައެވެ. ނަމަވެސް އެމެރިކާއަށް ނުފޮނުވާނެކަމުގެ އެއްވެސް ޔަޤީންކަމެއް އަދި ނެތެވެ.

މިއަދު އޮންލައިން