އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ޑިސެމްބަރ 11ވަނަ ދުވަހު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހުޅުމީދޫ ބަނދަރު ސަރަހައްދުން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ރަބަަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލަ ދަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުންނެވެ.