ވީނުވީއެއް ނޭނގި ގެއްލިގެން ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ފްރާންސްގެ ރައްޔިތަކު ހޯދަން ފަށައިފިއެވެ
މިމައްސަލައާ ގުޅިގެން ހޯދަނީ ފްރާންސްގެ ރައްޔިތެއް ކަމުގައިވާ ޖީން މަނޮން މޯޓެޓްއެވެ.
މި މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696ށް ގުޅާ ޙިއްސާކުރުމަށް އެދެމެވެ.