މ. މުލި ޕޮލިސް ސްޓޭޝަނުން ނާލާފުށީގައި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ނާލާފުށީގައި މަސްތުވާތަކެތި ގެންގުޅޭ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ޑިސެމްބަރ 11ވަނަ ދުވަހުގެ ރޭ 20:25 ހާއިރު މުލީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ފަސް ކަރުދާސްކޮޅު ފެނިފައިވެއެވެ.
މި މައްސަލަ ދަނީ މުލި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންނެވެ.