ނައިބު ރަޢީސް ފައިޞަލް ނަސީމް އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު އައްޑޫ ސިޓީ ހުޅުމީދޫއަށް ވަޑައިގެންފިއެވެ.
ނައިބު ރަޢީސް ގެ މިޒިޔާރަތުގައި ހުޅުމީދޫ ހެލްސް ސެންޓަރަށް ވަޑައިގެން އެތަނުގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކުރައްވައި، ހެލްތް ސެންޓަރުގެ މުވައްޒަފުންނާއި ބައްދަލުކޮށްލެއްވިއެވެ.