ހެޔޮގޮތުގައި ކުނި މެނެޖު ކުރުމަށް، އަލުން ބޭނުން ކުރުން ނުވަތަ ރިސައިކަލް ކުރުމަކީ މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ. ދައްކަން މި އުޅެނީ ރިސައިކަލް ކޮށްފައި ހުންނަ ފެން ފުޅި ބޭނުންކޮށްގެން އުފެއްދި މޯބައިލް ފޯނެއްގެ ވާހަކައެވެ.
މިއީ ތިމާވެއްޓާ ރަހްމަތްތެރި އުފެއްދުންތަކަށް އިސްކަން ދީގެން މަސައްކަތްކުރަމުން އަންނަ މޮޓޮރޯލާ ކުންފުނީގެ ތަފާތު އުފެއްދުމެކެވެ. މި މޯބައިލް ފޯނަކީ ހަމަ އެކަނި އޭގެ ތޮށިގަނޑު ރިސައިކަލް ޕްލާސްޓިކުން ހަދާފައިވާ އެއްޗެއް ނޫނެވެ.
"ރިސައިކަލް ކޮށްފައި ހުންނަ ޕްލާސްޓިކް ފެންް ފުޅިން އުފައްދާފައި ވަނީ މި ފޯނުގެ ތޮށިގަނޑު އެކަންޏެއް ނޫން. މި ފޯނުގެ 100 ޕަސެންޓް ރިސައިކަލްކުރެވޭނެ. އަދި މިއީ މިހާތަނަށް އުފެއްދި ފުރަތަމަ ކާބަން ނިއުޓްރަލް ފޯން،" މި ފޯނު އުފެއްދުމުގެ ޝަރަފު ލިބިގައިން މޮޓޮރޯލާ ކުންފުނިން ބުންޏެވެ.
މޮޓޮރޯލާ އިން އުފެއްދި މި ފޯނު ބަންދުކޮށްފައިވަ ޕެކޭޖާއި ފޯނާ ބެހޭ ހުރިހާ ލިޔެކިޔުންތައް ޕްރިންޓްކޮށްފައި ވާނީ ވެސް ރިސައިކަލް ކޮށްފައިވާ ކަރުދާހުން ކަމަށް މޮޓޮރޯލާ އިން ބުނެއެވެ.
ލިޔުނީ: ޒިދާން މުހައްމަދު