ކުންފުންޏާބެހޭ ޤާނޫނު އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ފާސްކޮށް ފީ ނުދައްކާ ކުންފުނިތައް އުވާލުމުގެ ބާރު ރެޖިސްޓްރަރ އޮފް ކޮމްޕެނީސްއަށް ދީފިއެވެ.
މި ބިލު މަޖިލީހަށް ހުށައެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އެވެ. މި ބިލުގައި ވަނީ އަހަރަފީ ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި ނުދައްކައިފިނަމަ އެ ކުންފުންޏެއް އުވާލުމުގެ ބާރު ރެޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ލިބޭނެކަމަށެވެ.
ފާއިތުވި 22 އަހަރުގެ ތެރޭގައި އަހަރީ ފީ ނުދައްކާ ކުންފުނިތަކާއި، އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، އޮޑިޓަރުންގެ ރިޕޯޓް ހުށަނާޅާ 7000 ކުންފުނި އެބައޮތްކަމަށް އޭނާ ހުށަ އެޅުއްވި އިސްލާހުގައި ވެއެވެ.
ލިޔުނީ: ޒިދާން މުޙައްމަދު