މަސްތުވާތަކެއްޗާއެކު މަޑިފުށިން މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 28ސ
މަސްތުވާތަކެއްޗާއެކު މަޑިފުށިން މީހަކު ހައްޔަރުކޮށްފި

ތ. މަޑިފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

  މަޑިފުށީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ޑިސެމްބަރ 12ވަނަ ދުވަހުގެ 18:35 ހާއިރު މަޑިފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހެކެވެ. މަޑިފުށީ މަގެއްގެމަތިން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް ބަލައިފާސްކުރި ކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 41 ހޮޅިކޮޅު ފެނިފައިވެއެވެ.

 

މިއަދު އޮންލައިން