ބޮޑު ޖަނަރޭޓަރުގެ މައްސަލަ ހައްލު ކުރާތީ މާލެއިން ކަރަންޓު ކެނޑޭނެ - ސްޓެލްކޯ

ކިޔުމަށް ހޭދަވާނީ 57ސ
ބޮޑު ޖަނަރޭޓަރުގެ މައްސަލަ ހައްލު ކުރާތީ މާލެއިން ކަރަންޓު ކެނޑޭނެ - ސްޓެލްކޯ

ސްޓޭޓް އިލެކްތްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ބޮޑު ޖަނަރޭޓަރަށް ދިމާވި މައްސަލައެއް ހައްލު ކުރަމުންދާތީ، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

 

ސްޓެލްކޯ އިން މިއަދު ބުނިގޮތުގައި، އެކުންފުނީގައި ކަރަންޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ބޮޑު ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން އެމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެމަސައްކަތް ކުރަމުންދާ ވަގުތުތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުން އެއް ގަޑި އިރަށް ކަރަންޓްގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

 

ރައްޔިތުން ކަރަންޓް ބޭނުން ކުރުމުގައި އިގްތިސޯދުކޮށް ބޭނުން ކުރުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ސްޓެލްކޯ އިން ވަނީ މާފަށްވެސް އެދިފަ އެވެ.

 

އެނގިފައިވާ ގޮތުގައި، މިއަދު ހެނދުނުން ފެށިގެން މާލޭގެ އެކި ހިސާބުތަކުން މިހާރު ވެސް ދަނީ ކަރަންޓު ކެނޑެމުންނެވެ.

މިއަދު އޮންލައިން