ހުޅުލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި!

ކިޔުމަށް ހޭދަވާނީ 49ސ
ހުޅުލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި!

ހުޅުލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ފަތިހު ހިނގައިފިއެވެ. 

 

މި ހާދިސާގައި ދެ މީހަކަށް އަނިޔާ ވެފައި ވެއެވެ. އަދި ދެ މީހުންވެސް ވަގުތުން ހުޅުމާލޭގައި ހުންނަ އާސަންދަ ހޮސްޕިޓަލަށް ގެންދެވުނެވެ.

 

ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓްގައި އަނިޔާ ވެެފައިވަނީ ލ. ކާޑެއްދޫ އަށް ނިސްބަތްވާ، އުމުރުން 36 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކަށް ކަމަށާއި، ރޭ ފަތިހު 5 ގަޑި 30 ހާއިރު އެ ދެމީހުން ވެސް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. 

 

އެނގިފައިވާ ގޮތުން، މި ދެމީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ އިރު 36 އަހަރުގެ މީހާއަށް ބޮޑެތި އަނިޔާ ތަކެއް ލިބިފައި ވެއެވެ. އަދި އިތުރު ފަރުވާއަށް ދެ މީހުންވެސް ފަހުން ވަނީ އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށްފައި އެވެ.

 

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައި އެވެ.

 

ޒިދާން މުހައްމަދު

 

މިއަދު އޮންލައިން