ހަފްތާ ބަންދު ބާޒާރު ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
"ހަފްތާ ނިންމުމުގެ ގޮތުން ވީކް އެންޑް މަރކެޓް އާއި މުނިފޫހި ފިލުވުމުގެ ޕްރޮގުރާމް" ގެ ނަމުގައި ސިލްސިލާ ގޮތެއްގައި ކޮންމެ ހަފުތާ ބަންދެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "ހަފްތާ ރެސް" ގެ މާރކެޓަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ އިއްޔެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިންތިޒާމުކުރާ މި މާކެޓާ ގުލޭ އިއުލާން މިހާރު ދިވެހިރާއްޖޭގެ ގެޒެޓްގައި ވަނީ ޝާއިއު ކުރައްވާފައި އެވެ.
ގެޒެޓްގައިވާ އިއުލާން ބުނާގޮތުން، "ހަފްތާ ރެސް"ގެ މާރކެޓްގައި ބައިވެރިވުމަށް ހުށަހަޅާނީ " ހަފްތާ ރެސް މަރކެޓް އެޕްލިކޭޝަން ފޯމް" އެވެ. އަދި "ހަފްތާ ރެސް" ގެ "މިއުޒިކް އެންޑް ޓެލެންޓް ޝޯވް" ގައި ބައިވެރިވުމަށް ހުށަހަޅާނީ "ހަފްތާ ރެސް ޓެލެންޓް ޝޯވް އެޕްލިކޭޝަން ފޯމް" އެވެ.
މިދެ އެޕްލިކޭޝަން ފޯމާއި "ހަފްތާ ރެސް"ގެ ޤަވާއިދުތައް މިނިސްޓްރީގެ ވެބްސައިޓް އިންނާއި، މިނިސްޓްރީގެ ކައުންޓަރުގެ އިތުރުން މާފަންނު ޒުވާނުންގެ މަރުކަޒުން ލިބެންހުންނާނެ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
ޒިދާން މުހައްމަދު