ނައިބު ރައީސް ފުވައްމުލަކަށް ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 56ސ
ނައިބު ރައީސް ފުވައްމުލަކަށް ވަޑައިގެންފި

ނައިބު ރައީސް ފައިސަލް ނަސީމް އެމަނިކުފާނުގެ އުފަން ރަށް، ފުވައްމުލަކު ސިޓީއަށް މިއަދު ވަޑައިގެންފި އެވެ.

 

އެމަނިކުފާނުުގެ މިދަތުރުގައި ފުވައްމުލަކު ސިޓީ ކައުންސިލާއި، ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރާއި، ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިތުރުން އެ ރަށު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައި، މަސައްކަތްތައް ކުރިޔަށްދާ ގޮތް ވެސް ނައިބު ރައީސް ބައްލަވައިލައްވާފައި ވެއެވެ.

 

މީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ، ފުވައްމުލަކު ސްކޫލް ވަށައިގެން އޮންނަ މަގުތަކުގެ ހާލަތު ވެސް ބައްލަވާލައްވައިފައެވެ.

 

ނައިބު ރައީސް ފައިސަލް މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވީ، އިއްޔެ އައްޑޫ އާއި ފުވައްމުލަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

 

މީގެ ކުރިން ވެސް ނައިބު ރައީސް ވަނީ އެކި ތަންތަނަށް ޒިޔާރްތަކުރައްވައި، އެ ތަންތަނުގެ ހާލަތު ބައްލަވައިފަ އެވެ.

މިއަދު އޮންލައިން