ފުލުހަށް ހާޒިރުވާން ކުރީގެ ރައީސް ޔާމީނަށް އަންގައިފި

ކިޔުމަށް ހޭދަވާނީ 43ސ
ފުލުހަށް ހާޒިރުވާން ކުރީގެ ރައީސް ޔާމީނަށް އަންގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

 

ފުލުސް އޮފީހުން ރައީސް ޔާމީންއަށް މިއަދު ފޮނުވި ޗިޓުގައި އަންގާފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ މެނދުރުފަހު 14:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ.

 

ކުރީގެ ރައީސް ޔާމީން ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު އެމަނިކުފާނުގެ ވެރިކަމުގައި ހިނގި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގައި އެތަށް ތުހުމަތުތަކެއް އެމަނިކުފާނެގ މައްޗަށް ވަނީކޮށްފަ އެވެ. އެގޮތުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަތް މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަން އިން ތަހުގީގު ވެސް ކުރި އެވެ.

 

އޭގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނާއި ގަވާއިދާއި ޚިލާފު އެތައް އަމުރުތަކެއް ކަމާއިބެހޭ މުއައްސަސާތަކަށް އެމަނިކުފާނު ކުރެއްވިކަމަށް، ކުރީގެ ބައެއް އިސްވެރިންވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.

މިއަދު އޮންލައިން