ރައީސް ޔާމީނު ފުލުހަށް ހާޒިރުކުރުން: ފާޅުގަ ދޮގު ހަދާ އެކަމުން ޕީއެޗްޑީ ޙާޞިލުކުރާ މީހުން ފުލުހަށް ހާޒިރުކުރީމަ ތެދެއް ހަދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރައީސް ޔާމީނު ފުލުހަށް ހާޒިރުކުރުން: ފާޅުގަ ދޮގު ހަދާ އެކަމުން ޕީއެޗްޑީ ޙާޞިލުކުރާ މީހުން ފުލުހަށް ހާޒިރުކުރީމަ ތެދެއް ހަދާނެތަ؟

ރައިސް ޔާމީނު މާދަމާ ފުލުހަށް ހާޒިރުކުރަނީއެވެ.

ފުލުހުން ބުނެފައިވަނީ ސަރުކާރުގެ މުއައްސަސާތަކުން ހުށަހަޅާފައިވާ މައްސަލަތައް ބެލުމަށް ކަމަށާއި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅުއްވަނެ ކަމަށެވެ. ރައީސް ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ޤާނޫނާއި ޚިލާފަށް މާލީ މުޢާމަލާތްތައް ކުރުންވެސް ހިމެނޭ ކަމަށެވެ.

ދިރިއުޅޭގެ ދޫވެއްސަށް ރައީސް ޔާމީނަށް އެއީ ހަރާމް ފައިސާ ކަމަށް ނުވި ނަމަވެސް ރައީސް ޔާމިނު ވެސް އެއީ ޙަލާލު ނޫން ފައިސާ ކަމަށް ވިދާޅުވެ ރައީސް ޔާމީނު ދެއްކެވިވާހަކަފުޅުތަކާއި ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން "ހޯހޯހޯ ނޯންނާނޭ! ނޯންނާނޭ! މަށެއްވާ ހަރާމް ހަލާލުގެ ވާހަކަ ނުވެސް ދައްކަމޭ" ވިދާޅުވެ މައުންޓް އެވަރެސްޓް ވަރުގެ ބިޔަ ބޮޑެތި ދޮގުތައް އިހައްދުވަހު ރައްޔިތުންގެ ކުރިމަތީގައި ހެދި މީހަކު ފުލުހުންގެ އިދާރާގައި ހަދާނީ ކޮން ތެދެއް ހެއްޔެވެ؟

ޚަބަރުގައި މިވާ ޓްވީޓަކީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ޓްވީޓެކެވެ. ޓްވީޓުގައިވާ ވީޑިއޯއިން ރައީސް ޔާމީނުގެ އަޑުފުޅު އައްސަވާލައްވާށެވެ! ފަހަރެއްގައި ރައީސް ޔާމީނުގެ ކުރިފުޅުމަތީގައި އެ ކަމުގައިވެސް މައްސަލައެއް އޮވެދާނެއެވެ. އެއީ ދޫވެއްސަށް ވެއްދީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ޙަލާލު ނޫން ފައިސާ ނޫން ކަމަށް ވިދާޅުވީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލްޤައްޔޫމްއެވެ. އެފަދަ ވާހަކަފުޅެއް ވިދާޅުނުވާ ކަމަށް އެވިދާޅުވީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްއެވެ. ވީމާ ރައީސް ޔާމީނުގެ މައްސަލަތައް ބަލަވާ ފުލުހުންވެސް މިފަދަ ކަންކަމަށް ބައްލަވައިގެން މައްސަލަތައް ބައްލަވާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން