ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ބޭންކް އުކައުންޓްތައް ފްރީޒް ކުރުމަށް، ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެކައުންޓްތައް ފްރީޒް ކުރީ އެކަމަށް ފުލުހުން އެދުމުންނެވެ.

 

އެކައުންޓްތައް ފްރީޒު ކުރުމުން އެމަނިކުފާނަށް އެކައުންޓުތައް މެދުވެރިކޮށް އެއްވެސް ފައިސާގެ މުއާމަލާތެއް ނުހިންގެވޭނެ އެވެ.

 

ކުރީގެ ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރިނަމަވެސް، އެކައުންޓުތައް ފްރީޒް ކުރީ ކިހާ މުއްދަތަކަށް ކަމެއް އަދި ހާމަވެފައެއް ނުވެއެވެ.

 

މިއީ ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅެއްގެ އެކައުންޓުތައް ފްރީޒް ކުރެވުނު ފުރަތަމަ ފަހަރެވެ.

 

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމާއި ގުޅޭގޮތުން، އެމަނިކުފާނުގެ އަދި ފުލުހުންގެ ބަހެއް ވެސް ލިބިފައެއް ނުވެއެވެ.

 

އެމަނިކުފާނުގެ ޤާނޫނީ ވަކީލް އާޒިމާ ޝުކޫރު ވިދާޅުވި  ގޮތުގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެކި ގޮތްގޮތަށް އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ވަދެފައިވާކަމުގެ ތުހުމަތުގައެވެ.

މިއަދު އޮންލައިން