ރައީސް ޔާމީން ފުލުހަށް ވަޑައިގަންނަވާނީ ހިންގަވާފަ - ޕީޕީއެމް

ކިޔުމަށް ހޭދަވާނީ 48ސ
ރައީސް ޔާމީން ފުލުހަށް ވަޑައިގަންނަވާނީ ހިންގަވާފަ - ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މާދަމާ ފުލުހަށް ވަޑައިގަންނަވާނީ ހިންގަވާފައި ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

 

ރައީސް ކަމުގައި ހުންނަވައިގެން ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތްތަކެއް ހިންގަވާފައިވާ ކަމަށް ތުހުމަތުކޮށް ދައުލަތުގެ އިދާރާތަކުން އެމައްސަލަ ފުލުހަށް ހުށަހަޅާފައިވާތީ، އެމައްސަލައިގެ ތަހުގީގަށް މާދަމާ މެންދުރުފަހު 14:00 އަށް ފުލުހުންގެ އިދާރާއަށް ވަޑައިގަތުމަށް ވަނީ އަންގަވާފައެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެމައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ.

 

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ވަޑައިގަންނަވާނީ ބިއްލޫރިޖެހި ކާރެއްގައި ނޫން ކަމަށާއި ވަޑައިގަންނަވާނީ ހިންގަވާފައި ކަމަށެވެ.

 

އަބްދުލްރަޙީމް ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ފުލުސް އޮފީހަށް ހިންގަވާފައި ވަޑައިގަންނަވާނީ ޕީޕީއެމް އޮފީހުން ފެށިގެންނެވެ.

މިއަދު އޮންލައިން