އަދީބު ދެއްވި ޑޮލަރުތަކެއް ބޭނުން ކުރިން - ޑރ. ޝައިނީ

ކިޔުމަށް ހޭދަވާނީ 59ސ
އަދީބު ދެއްވި ޑޮލަރުތަކެއް ބޭނުން ކުރިން - ޑރ. ޝައިނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ޑޮލަރުތަކެއް ބޭނުން ކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ  ޔާމީން ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

 

އޮންލައިން ނޫހެއް ކަމަށްވާ "އަވަސް"އިން ގެނެސްދިން ޕްރޮގްރާމެއްގައި ބަސްދީގަތުމެއް ދެއްވަމުން ޑރ. ޝައިނީ ވިދާޅުވީ އަދީބު އަތުން ޑޮލަރުތަކެއް ނެންނެވީ ލޯނެއްގެ ގޮތުގައި ކަމަށާއި އެޑޮލަރު ތަކަކީ އަނބިކަނބަލުންގެ ގޭގައި ލިފްޓެއް ބެހެއްޓުމަށް ނެންގެވި ޑޮލަރުތަކެއް ލޯނެއް ކަމުގައެވެ.

 

ޑރ. ޝައިނީ ވިދާޅުވީ ލޯނެއްގެ ގޮތުގައި ނެންގެވި ނަމަވެސް ޑޮލަރުތައް އަނބުރާ ދިނުމަށް އެވާހަކަ ދައްކަވާ ކޮންމެ ފަހަރަކު އަދީބް އެކަން ފަހުން ކުރައްވާނެކަމަށް ވިދާޅުވި ކަމަށާއި އަދީބް އަތުން އެގޮތަށް ފައިސާ ނެންގެވުމަކީ މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމުގައެވެ.

 

މީގެއިތުރުން ކުރީގެ ފިޝަރީޒް މިނިސްޓަރ ވިދާޅުވީ އަދީބާއި ގާތްގުޅުމެއް އެއިރު އޮތްކަމަށާއި ނަމަވެސް ކޮރަޕްޝަންގެ މައްސަލައެއްގެ މައުލޫމާތު އެއިރު ލިބިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ލިބިވަޑައިގެންނެވިނަމަ ރައީސް ޔާމީނާއި އެކަން ހިއްސާ ކުރައްވާނެކަމަށްވެސް ޑރ. ޝައިނީ ވިދާޅުވިއެވެ.

މިއަދު އޮންލައިން