ހިންގަވާފައި ރައީސް ޔާމިން ފުލުހަށް ވަޑައިގަތުން ވާނީ ކުށަކަށް: މަހުލޫފް

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ހިންގަވާފައި ރައީސް ޔާމިން ފުލުހަށް ވަޑައިގަތުން ވާނީ ކުށަކަށް: މަހުލޫފް

ހިންގަވާފައި ރައީސް ޔާމިން ފުލުސް އޮފީހަށް ވަޑައިގަންނަވަން މަސައްކަތް ކުރަައްވައިފި ނަމަ އެކަން ވާނީ ޤާނޫނީ ކުށަކަށް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އިޝާރާތް ކުރައްވާ މިނިސްޓާރ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައިއެވެ. މަހުލޫފުގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ އެއްވެ އުޅުމުގެ ގާނޫނުގައި، އެއްވެ އުޅުމަކީ ކުށެއްކަމަށް ކަނޑައެޅުއްވީ ވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށާއި އަދި އެގާނޫނު އިސްލާހު ކުރުމަށް އައު ސަރުކާރަށް އަދި ވަގުތު ނުލިބޭކަމަށްވެސް ކަމަށެވެ.

 

މިނިސްޓާރ މިހެން ވިދާޅުވެފައި ވަނީ، މިއަދު މެންދުރު 14:00ގައި ރައީސް އަބްދު ﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރު ވާނީ ހިންގަވާފައިކަމަށް އެމަނިކުފާނު ހިމެނިވަޑައިގަންވާ ޕާޓީ ޕީޕީއެމުން ބުނުމާގުޅިގެންނެވެ. ރައީސް ޔާމީނު ފުލުސް އޮފީހަށް ވަޑައިގަންނަވާނީ ޕީޕީއެމް އޮފީހުން ކަމަށް ވެސް އެ ޕާޓީން ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީނާއިއެކު އެމަނިކުފާނުގެ ބައެއް އަރިސް ބޭފުޅުންނާ ސަޕޯޓަރުން ވެސް ހިންގަވާފަ ފުލުސް އޮފީސް ކައިރިއަށް ވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން