މުސާރައަށް މަހަކު 1 ލައްކަ ރުފިޔާ- އެކައުންޓުގަ މަހަކަށް 1.67 މިލިއަން ރުފިޔާ؟ ރައީސް ޔާމީން ފުލުހުންނަށް އަށްޑިހަ މިލިއަން ހަދިޔާ ކުރެއްވުން ކައިރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މުސާރައަށް މަހަކު 1 ލައްކަ ރުފިޔާ- އެކައުންޓުގަ މަހަކަށް 1.67 މިލިއަން ރުފިޔާ؟ ރައީސް ޔާމީން ފުލުހުންނަށް އަށްޑިހަ މިލިއަން ހަދިޔާ ކުރެއްވުން ކައިރި!

ރައީސް ޔާމީން ފުލުހުންނަށް 80 މިލިއަން ހަދިޔާ ކުރެއްވުން ކައިރި ކަމަށް ބެލެވެއެވެ. ސަބަބަކީ މިއަދު ފުލުހުންގެ އޮފީހުން ނުކުމެވަޑައިގެން އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުންނާނީ 20 ވަރަކަށް މިލިއަން ރުފިޔާ ކަމަށް ލަފާ ކުރެއްވޭ ކަމަށް ވިދާޅުވެފައި ވަނިކޮށް ރައީސް ޔާމީނުގެ އެކައުންޓުތަކުގައިި ހުރި  100 މިލިއަނަށްވުރެ ގިނަ ފައިސާ ފްރީޒްކޮށްފައިވާނެ ކަމަށް ފުލުހުން މިއަދު ބުނެފައިވާތީއެވެ.

 

 

 

މި ދެ އަދަދަށް ބަލާއިރު 80 މިލިއަން ރުފިޔާގެ ތަފާތެއް އުޅޭއިރު ރައީސް ޔާމީނުގެ އިސްލާމިކް ބޭންކުގައި އޮތް އެކައުންޓުގައި 1 މިލިއަން ޑޮލަރު ހުއްޓައި އެފައިސާ ހުރީ ސްޓޭޓް ބޭންކްގައި އޮތް އެމަނިކުފާނުގެ އެކައުންޓެއްގައި ކަމަށް މަޚްލޫފަށް ވިދާޅުވެވުމުން ސްޓޭޓް ބޭންކުގައި ހުރި 1 މިލިއަން ޑޮލަރު މަޚްލޫފަށް އެތައް ފަހަރެއްގެ މަތިން ހަދިޔާކުރައްވާފައިވާތީއެވެ.

 

 

 

މި ކަމަށް ބެލުމުން އެނގެނީ ފުލުހުން އެދިން މައުލޫމާތުގައި އެއްވެސް މައްސަލައެއް އޮތްނަމަ ދެފަރާތުގެ އަދަދުގައި ތަފާތުވާ 80 މިލިއަން ރުފިޔާ ފުލުހުންނަށް ހަދިޔާ ކުރެއްވުން ކައިރި ކަމެވެ.

 

 

 

ރައީސް ޔާމީނު ވިދާޅުވި ފަދައިން އެމަނިކުފާނުގެ އެކައުންޓުގައި 20 މިލިއަން ރުފިޔާ ހުރިނަމަ އެއިގެ މާނައަކީ ފައިސާ މަތީގައި "އުދުހިވަޑައިގަތުމަށްފަހު" ވެރިކަން ކުރެއްވި ކޮންމެ އަހަރަކަށް 4 މިލިއަން ރުފިޔާ އަމިއްލަފުޅު އެކއުންޓުގައި ހުރިކަމެވެ. ފުލުހުން ބުނާ ފަދައިން 100 މިލިއަން ރުފިޔާ ހުރިނަމަ ފައިސާ މަތީގައި "އުދުހިވަޑައިގަތުމަށްފަހު" އަމިއްލަފުޅު އެކައުންޓުގައި ވެރިކަން ކުރެއްވި ކޮންމެ އަހަރަކަށް 20 މިލިއަން ރުފިޔާ އަމިއްލަފުޅު އެކއުންޓުގައި ހުރިކަމެވެ. އެއީ މަހަކަށް 1.67 މިލިއަން ރުފިޔާއެވެ.

 

 

 

ރައީސުލްޖުމްހޫރިއްޔާގެ މުސާރަފުޅަކީ މަހަކު 100،000 ރުފިޔާއެވެ. އެއީ އަހަރަކު 1.2 މިލިއަން ރުފިޔާއެވެ. ވީމާ ހުރިހާ ޚަރަދުތަކެއް ކުރައްވައި އަދި ނުފުއްދެވިގެން ރައްޓެހިންގެ އެހީތެރިކަމުގައި ދިރިއުޅުއްވި ރައީސެއްގެ ވެރިކަން ނިމުނު އިރު މިދެކެވާހަކަތަކަކީ ވަރަށް ގިނަ ސުވާލުތަކެއް އުފެދޭ ވާހަކަތަކެއްކަން ފާހަގަކުރަން ޖހެއެވެ.

މިއަދު އޮންލައިން