ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އިންޑިއާގެ ވެރިކަން ކުރާ ރަށް ނިއު ދިއްލީ އަށް ވަޑައިގެންފިއެވެ.
ދިއްލީ އެއާޕޯޓުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮހާލޭ އެވެ.
ރައީސް ސޯލިހު އިންޑިއާއަށް މިއަދު މެންދުރުފަހު ވަޑައިގެންނެވީ އިންޑިއާ ސަރުކާރުން ހަމަޖައްސައިދެއްވި ހާއްސަ މަތިންދާ ބޯޓެއްގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާއަށް ރައީސް ކުރައްވާ މިދަތުރުފުޅުގައި، ދިއްލީގަައި ދިރިއުޅޭ ދިވެހިންނާއި މިއަދު ހަވީރު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭ އިންޑިއާގެ ވިޔަފާރިވެރިންނާއި އެކު ބާއްވާ ބައްދަލުވުމުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނާ އެވެ.
އިންޑިއާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ މިދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ރައީސް ސޯލިހުގެ މިދަތުރުފުޅުގައި ދިވެހިންނަށް އިންޑިއާ ވިސާ ހޯދުމުގައި ލިބޭ ދަތިތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއި ކުރައްވާނެ އެވެ.
މީގެއިތުރުން، އިންޑިއާގެ ބޮޑު ވަޒީރު ނަަރެންދަރަ މޯދީ އާއި ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަން ވެސް ހަމަޖެހިފައިވެއެވެ.