ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓިގެން އިއްޔެ އަނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާ ނިޔާވެއްޖެއެވެ. "މިއަދުނޫހަށް" އެކަން ކަށަވަރު ކޮށްދެމުން އެކުއްޖާގެ ބޮޑުބޭބެ މީޒާން ބުނީ މީގެ ކުޑައިރުކޮޅެއް ކުރިން އެކުއްޖާ ނިޔާވެފައިވާ ކަމަށެވެ. މާތް ﷲ މަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި، އާމީން.
ނިޔާވި ކުއްޖާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި، ބަންގްލަދޭޝް އަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް އެކުއްޖާގެ ބޮޑުބޭބެ މައުލޫމާތު ދީފައިވެއެވެ.

إنالله وإناإليه راجعون