24 ގަޑިއިރު ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ފުލުހުންގެ "ނޭބަރހުޑް ސަޕޯޓް ސަރވިސް" ތަޢާރަފްކޮށްފިއެވެ. ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ މި ޚިދުމަތް މިއަދު ތަޢާރަފްކުރީ މާލެ ވިލިމާލެ އަދި ހުޅުމާލެއަށް ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ސަރަހައްދުތަކުގައި ތަޢާރަފް ކުރެވޭނެ ކަމަށެވެ.
ޙަމީދު ވިދާޅުވީ މާލެ ވަނީ 4 ސަރަހައްދަކަށް ބަހާލާފައި ކަމަށާއި ކޮންމެ ސަރަހައްދަކަށްވެސް ކޮންމެ ސަރަހައްދެއްގެ ކަންކަންވެސް ބަލަހއްޓާނެ އިސް އޮފިސަރަކު ހުންނާނެ ކަމަށާއި އެފުލުހެއްގެދަށުން މަސައްކަތް ކުރާނެ ފުލުހުން ތިބޭނެ ކަމަށެވެ. އަދި އެ ފުލުހުންނާއި 24 ގަޑިއިރު ގުޅޭނެ ކަމަށެވެ. "އެފުލުހުންނާއި ގުޅޭނެ ނަމްބަރުތައް ޢާންމުކުރާނަން. ލީފްލެޓްގެ ގޮތުގަ މައުލޫމާތު ބަހާނަން. ނޭބަރހުޑް ސަޕޯޓް ސަރވިސްގެ ފުލުހުން މަސައްކަތްކުރާނީ އެ ސަރަހައްދެއްގެ ޢާންމު ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިގެން ކަމަށްވެސް ޙަމީދު ވިދާޅުވިއެވެ.