އިންޑިއާއިން ދޭ ސާދަހާސް މިލިއަން ޑޮލަރުގެ ތެރޭގަ ހިލޭ އެހީގެ ގޮތުގަ ދޭ ފަންސާސް މިލިއަން ޑޮލަރު ހިމެނޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިންޑިއާއިން ދޭ ސާދަހާސް މިލިއަން ޑޮލަރުގެ ތެރޭގަ ހިލޭ އެހީގެ ގޮތުގަ ދޭ ފަންސާސް މިލިއަން ޑޮލަރު ހިމެނޭ

 

އިންޑިއާއިން ރާއްޖެއަށް ހަމަޖައްސައިދިން 1400 މިލިއަން ޑޮލަރުގެ ފެސިލިޓީޒްގެ ތެރޭގައި 50 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނޭ ކަމަށް މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

 

"މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން އަމީރު ވިދާޅުވެފައިވަނީ އިންޑިއާ އިން ދިން އެހީގައި ބަޖެޓް ސަޕޯޓަށް ދިން 200 މިލިއަން ޑޮލަރު ހިމެނޭ ކަމަށާއި އެއިގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި ދޭ 50 މިލިއަން ޑޮލަރު އަންނަ ޖަނަވަރީ މަހު ލިބޭނެ ކަމަށެވެ. 150 މިލިއަން ޑޮލަރަކީ ޓްރެޝަރީ ބޮންޑް ކަމަށެވެ.

 

އަމީރު ވިދާޅުވެފައިވަނީ 800 މިލިއަން ޑޮލަރު ދީފައިވަނީ ލޯނުގެ ގޮތުގައި ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަށް ކަމަށެވެ. އަދި 400 މިލިއަން ޑޮލަރު ދީފައިވަނީ ކަރެންސީ ސްވެޕްގެ ގޮތުގައި ކަމަށެވެ.

 

މާލީ ވަޒީރު ވިދާޅުވެފައިވަނީ މަޝްރޫއުތަކަށް އިންޑިއާއިން ދިން 800 މިލިއަން ޑޮލަރު ހިމެނެނީ ލައިން އޮފް ކްރެޑިޓްގެ ގޮތުގައި ކަމަށާއި އިންޑިއާގެ އެގްޒިމް ބޭންކުން ލިބޭ މި ލައިން އޮފް ކްރެޑިޓުގެ ތެރެއިން ނަގާ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.5 ޕަސެންޓް ކަމަށެވެ. އަދި ކަރެންސީ ސްވެޕްގެ ގޮތުގައި ދޫކުރާ 400 މިލިއަން ޑޮލަރަކީ ފައިސާ ނަގަން ޖެހިއްޖެ ހާލަތެއްގައި އެމްއެމްއޭ އަށް ބޭނުން ކުރެވޭނެ އިންސްޓްރްމެންޓެއް ކަމަށެވެ.

މިއަދު އޮންލައިން