ޖުމްހޫރީ ޕާޓީގެ ކުރީގެ ކައުންސިލް މެންބަރު ޢަލީ ހަމީދު މަޖިލިސް އިންތިޚާބުގައި އިސްދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ. އެކަން އިއުލާނުކުރީ ޢަލީ ޙަމީދާއި އޭނާގެ ސަޕޯޓަރުން އިސްނަގައިގެން ރޭގައި މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައެވެ.

ރޭގެ ބައްދަލުވުމުގައި ޢަލީ ޙަމީދު ވިދާޅުވީ އޭނާ އިސްދޫ ދާއިރާއަށް ކުރިމަތިލއްވަން ނިންމެވީ ދާއިރާގެ ވަރަށް ގިނަ ބައަކާއި މަޝްވަރާކޮށް އެމީހުންގެ ތާއީދު އޮތުމުން ކަމަށެވެ. އަދި އިސްދޫ ދާއިރާ މިހާރަށްވުރެ ބާރުމިނުގައި ތަރައްޤީކޮށް ކުރިއެރުން ހޯދައިދޭން ބޭނުންވާތީ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ދާއިރާގެ ބައެއް ކައުންސިލަރުންނާއި އިސް ވަޒީފާތަކުގައި ތިބި ބައެއް މީހުން ވަނީ ޖުމްހޫރީ ޕާޓީ ޢާއި ގުޅިފައެވެ. ދާއިރާއަށް ނިޞްބަތްވާ 503 މެނަބަރެއްގެ ފޯމްވެސް ވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ޙަވާލުކޮށްފައެވެ.