އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑުގައި ދުއްވާފައި ދިއަަ ކާރެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެވަގުތު ކާރުގައި ތިން ފިރިހެނުން ތިއްބެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައްޑޫ ސިޓީ - ހިތަދޫ ކުނި ކޮށި ކައިރިން އެ އަތޮޅު ގަމަށް ދުއްވާފައި ދިއަ ކާރެއްގައި ރޯވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 1:50 ހާއިރު ކަމަށެވެ. އައްޑޫސިޓީގައި ދުއްވާފައިދާ ވެހިކަލްތަކުގައި ރޯވުމަކީ އައު ކަމެއް ނޫނެވެ. އެގޮތުން މި އަހަރު އެކަނިވެސް މީގެ ގިނަ ހާދިސާ ތަކެއް ހިނގާފައި ވެއެވެ.