ޖޭއެސްސީގެ ނައިބް ރައީސަކަށް މަސްތޫރު!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޖޭއެސްސީގެ ނައިބް ރައީސަކަށް މަސްތޫރު!

ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމަށް އެ ކޮމިޝަނުގެ މެމްބަރު ހުސްނީ މަސްތޫރު، އައްޔަނުކުރައްވައިފިއެވެ. މަސްތޫރު ޖޭއެސްސީގެ ރައީސަކަށް ހޮވާފައި ވަނީ އިއްޔެ އެކޮމިޝަނުގެ ބައްދަލުވުމުގައި ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

މަސްތޫރުގެ އިތުރަށް ޖޭއެސްސީގައި ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާއި، ސްޕްރީމްކޯޓުގެ ފަނޑިޔާރު އަބުދުﷲ އަރީފާއި، ހައިކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު އަބުދުއްރައޫފު އިބްރާހިމާއި، ދަށު ކޯޓުތަކުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު މުހައްމަދު އީސާ ފުޅާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި، އާއްމުންގެ ތެރެއިން މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މެމްބަރު އަބުދުލް ހަންނާން އަހުމަދާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި، ބަންޑާރަނައިބް އިބްރާހިމް ރިފްއަތާއި، ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ލާތީފާ ގާސިމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މަސްތޫރަށް މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކުރައްވައިު ޖޭއެސްސީއަށް އަންޔަން ކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި، ގ. ރޭނިސް، އަހުމަދު ސަލީމް މަގާމުން ދުރުކުރުމަށް ފަހުގައެވެ.

މިއަދު އޮންލައިން