އޮޅުވާލައިގެން ޕާޓިީއަށް މީހުން ވައްދާނަމަ ޕްރައިމަރީގައި ވާދަނުކުރެވޭނެ: އެމްޑީޕީ

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
އޮޅުވާލައިގެން ޕާޓިީއަށް މީހުން ވައްދާނަމަ ޕްރައިމަރީގައި ވާދަނުކުރެވޭނެ: އެމްޑީޕީ

އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ނިންމާފައިވާ، ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ދިމާކޮށް އޮޅުވާލައިގެން މީހުން ޕާޓީއަށް ވައްދާނަމަ އެއަމަލު ހިންގި ފަރާތްތަކަށް މަޖިލިސް ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ކެނދިކުޅުދޫ 9 މީހެއްގެ ފޯމު އެމީހުންނަށް ނޭނގި ލާފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އަދި އެއީ ސައްހަ މައްސަލައެއް ކަމަށް އެ މައްސަލަތައް ބެލުމަށް ޕާޓީން އެކުލާވަލާފައިވާ ހާއްސަ ކޮމިޓީއަކަށް ފާހަގަކުރެވިފައވާ ކަމަށެވެ.

މީގެއިތުރުން އެއަމަލަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 313 ވަނަ މާއްދާގެ ދަށުން އޮޅުވާލުމުގެ އަމަލުތަކުގެ ކުށެއް ކަމަށާއި އެ ޤާނޫނުގެ 310 ވަނަ މާއްދާގެ ދަށުން، ސައްހަ ލިޔުމަށް ބަދަލުގެނައުމުގެ ކުށަށް ވެސް އެ އަމަލު ފެތޭ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ. އެހެން ކަމުން، އެ އަމަލެއް ހިންގީ ޕާޓީ މެންބަރެއްކަން ކަށަވަރުވެއްޖެނަމަ، ޕްރައިމަރީއަށް ކުރިމަތިލުމާއި ޕްރައިމަރީގައި ވޯޓުލުގެ ހައްގުން އެ މީހަކު އެއްކިބާ ކުރެވޭނެ ކަމަށް އެ ޕާޓީއިން ބުނެފައި ވެއެވެ.

މިއަދު އޮންލައިން