އައްޑޫސިޓީ ގަމުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 45ސ
އައްޑޫސިޓީ ގަމުން މަސްތުވާތަކެއްޗާއެކު މީހަކު  ހައްޔަރުކޮށްފި

 ސ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު  ހައްޔަރުކޮށްފިއެވެ.

ގަމުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުން މަޢުލޫމާތަކާއި ގުޅިގެން ޑިސެމްބަރ 16ވަނަ ދުވަހުގެރޭ 21:30 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކުރީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.  ގަން ވީއައިޕީ ޖެޓީ ސަރަޙައްދުން މިމީހާ ހުއްޓުވައި ބަލައިފާސްކުރިކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ކުޑަ ދަޅެއްފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއްނިންމުމަށް ސ.ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއްދީފައިވެއެވެ.

މިމައްސަ ސ.ގަން ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންއެވެ.

މިއަދު އޮންލައިން