މާފުށީ ޖަލަށް އެތެރެކުރަން އުޅުނު 98 ފޯނާއި ގިނަޢަދަދެއްގެ ސާމާނު އަތުލައިގެންފި

ކިޔުމަށް ހޭދަވާނީ 52ސ
މާފުށީ ޖަލަށް އެތެރެކުރަން އުޅުނު 98 ފޯނާއި ގިނަޢަދަދެއްގެ ސާމާނު އަތުލައިގެންފި

މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ގިނަޢަދަދެއްގެ ސާމާނާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މާފުށީ ޖަލަށް ފޯނުތަކެއް އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ މީހަކާއި 32 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެކެވެ. މާފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، ޑިސެމްބަރ 17ވަނަ ދުވަހުގެ 19:30 ހާއިރު ހިންގި މިއޮޕަރޭޝަންގައި މި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވަނީ މާފުށި ޖަލު ހުންނަ ސަރަޙައްދު ފަޅުތެރެއަށް ލޯންޗު ކައިރިކޮށް މޫދަށް ފައިބައިގެން އެތަކެތި ޖަަލަށް އެތެރެކުރުމަށް މަސައްކަތްކުރަމުން ދަނިކޮށެވެ.

މި ހަތަރު މީހުން ފުލުހުންގެ ބެލުމުގެދަށް ގެންގޮސް ބަލައިފާސްކުރި ކުރި އިރު، އެމީހުން ގެންގުޅުނު ދަބަހެއްގެ ތެރެއިން 98 މޮބައިލް ފޯނާއި، 104ޗާޖަރާއި، 18 ސިމް ކާރޑާއި، 9 ހެޑް ސެޓާއި، ޔޫއެސްބީ 30 ކޭބަލާއި، ފޯނު ބެޓެރީގެ 14 ބެޓެރިއާއި، ޖޮއިސްޓިކެއް ފެނިފައިވެއެވެ.

މިމައްސަލަ ދަނީ ކ. މާފުށި ޕޮލިސް ސްޓޭޝަނުން ތަހުޤީގު ކުރަމުންއެވެ.

މިއަދު އޮންލައިން