ހއ އިހަވަންދޫ މަސް ދޯޏަކުން ބޮޑު މާވަހަރެއް ހޮވައިފިއެވެ. މިއަދުނޫހަށް މައުލޫމާތުދިން އިހަވަންދޫ މަސްވެރިއަކު ބުނީ މި މާވަހަރު ހޮވާފައި ވަނީ އެ އަތޮޅު ތުރާކުނުން ތިރީހަކަށް މޭލު ބޭރުން ކަމަށެވެ.
އިހަވަންދޫ "މާހޯރަ 3" ނަމަކަށް ކިޔާ ދޯނިން މި މާވަހަރު ހޮވާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ދޯނީގެ ކެޕްޓަނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އޭގައި 12 ކިލޯ ހުންނާނެއެވެ. މާވަހަރާއިއެކު، އެ ދޯނި މިހާރު މާލެ އައުމަށް ދަތުރު ފަށާފައި ކަމަށް ވެސް، މައުލޫމާތު ވަނީ މައުލޫމާތު ލިބިފައެވެ.