ރޯދަމަހުގެ ކުރިން ސްވިމިން ޓްރެކް ފުންކުރުމުގެ މަސައްކަތް މާދަމާ ފަށާނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ރޯދަމަހުގެ ކުރިން ސްވިމިން ޓްރެކް ފުންކުރުމުގެ މަސައްކަތް މާދަމާ ފަށާނީ

އަންނަ ރޯދަމަހުގެ ކުރިން ސްވިމިން ޓްރެކް ފުންކުރުމުގެ މަސައްކަތް މާދަމާ ހެނދުނު ފެށުމަށް ހަމަޖެހިފައިވާއިވާކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް ވިދާޅުވީ ރޯދަ މަހުގެ ކުރިން ޓްރެކް ފުންކުރުމުގެ މަސައްކަތް މާދަމާ ފަށާއިރު މިމަަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވާ ކަމަށެވެ.

މިސަރަހައްދުގައި ރޭގަނޑު ފެތޭ ގޮތަށް މިހާރުވަނީ ލައިޓު ޖަހައިފައެވެ. އަދި ހިޔާ ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށް މަހުލޫފް ވިދާލުވިއެވެ.

ޓްރެކުގައި އޮތް ފަސްގަނޑު ނެގުމުގެ މަސައްކަތް މާދަމާ ހެނދުނު ފެށާއިރު މިމަސައްކަތް ނިމެންދެން އެ ސަރަހައްދަށް މޫދަށް އެރުން ވަނީ މަނާކޮށްފައެވެ.

މިއަދު އޮންލައިން