ފަސް ރަށެއްގައި ރާޅާއަޅާ ސަރަހައްދުތަކެއް ތަރައްގީކުރާ ގޮތަށް ޔޫތު މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާޅާއަޅާ ސްޕޮޓްތައް ގާއިމްކުރާނީ ނ. ނޮޅި، މ. މުލި، ލ. މާބައިދޫ އަދި ގދ. ގާދޫ އަދި ފުވައްމުލަކު ސިޓީ ގައި ކަމަށެވެ.
މިސަރަހައްދުތަކުގައި ސާފިން ސްޕޮޓްތައް ގާއިމްކުރާނީ ރާއްޖޭގެ ސާފިން އެސޯސިއޭޝަންއާ ގުޅިގެން ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.
