ފެނާއި ނަރުދަމާގެ ޙިދުމަތް ދިނުމުގައި ޤާނޫނާއި ޚިލާފު ނުވުމަށް އީޕީއޭއިން އިލްތިމާސް ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 16ސ
ފެނާއި ނަރުދަމާގެ ޙިދުމަތް ދިނުމުގައި ޤާނޫނާއި ޚިލާފު ނުވުމަށް އީޕީއޭއިން އިލްތިމާސް ކޮށްފި

ފެނާއި ނަރުދަމާގެ ހިދުމަތްދޭ ރަށްރަށުގައި އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނުއާއި ހިލާފު އަމަލުތައް ނުކުރުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

 

އީޕީއޭއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ފެން އަދި ނަރުދަމާގެ ހިދުމަތްދޭ ރަށްރަށުގައި، ގާނޫނުއާއި ހިލާފު އަމަލުތައް ހިންގާ ކަމަށް އެއެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

 

އެގޮތުން ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެނާއި އެހެނިހެން ފެން ގުޅޭނެހެން ކްރޮސް-ކަނެކްޝަން ހެދުމާއި، ރަށުތެރޭގައި ފެން ބޮޑުވުމުން އެ ފެނާއި ދިޔަދޮވިތަކުން ފައިބާ ފެން ނަރުދަމާ ނިޒާމާއި ގުޅުމުގެ އިތުރަށް، ފެން ބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމަށް މޭންރޯލްގެ މަތިގަނޑު ނެގުންކަމަށް އީޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަދި ގޭގޭގައި ނުވަތަ އެހެނިހެން ތަންތަނުގައި ނަޖިސްހިންދާ ވަޅުގަނޑު ބެހެއްޓުމާއި، ގޭގެ ގޯތިތެރޭގައި ކެޗްޕިޓްގެ އިތުރުން އިތުރު ނަރުދާ ޖަންކްޝަނެއް ބަހައްޓާފައި ހުރުންވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

 

އީޕީއޭއިން ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން ފެނާއި އަދި ނަރުދަމާ ނިޒާމުތަކަށް ނުހަނު ބޮޑެތި ގެއްލުން ލިބި، ހިންގާ ބެލެހެއްޓުމަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުމުގެ އިތުރުން ބިމުގެ ފެނަށް ނަޖިހުގެ އަސަރުކޮށް ބިމުގެ ފެން ތަޣައްޔަރުވާ ކަމަށެވެ.

 

އޭގެއިތުރުން ފެނުގެ ނިޒާމުގައި ކްރޮސް-ކަނެކްޝަން ހެދުމަކީ ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެން ތަޣައްޔަރުވުމުގެ ފުރުސަތު ބޮޑު ކަމެއްކަމަށްވެސް އީޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މިއަދު އޮންލައިން