ފޯރސީޒަން މޯލްޑިވްސް ސާރފިންގ ޗެމްޕިއަންޝިޕް ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ފައްޓަވާދެއްވައިފިއެވެ.
މިއަހަރު ބާއްވާ 9 ވަނަ މުބާރާތުގައި ދުނިޔޭގެ އެކި މުބާރާތްތަކުގެ ޗެމްޕިއަނުން ހިމަނައިގެން 6 ރާޅާއެޅުންތެރިން ވަނީ ބައިވެރިވެފައެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރާ ދުނިޔޭގެ މަޝްހޫރު ރާޅާ އެޅުންތެރިންގެ ތެރޭގައި އޮސްޓޭލިއާގެ ޖޯއެލް ޕާކިންސަންއާއި ހަވާއީގެ ކާއީ ލެނީ އާއި ބްރެޒިލްގެ ވިގަލީ ޑެންޓާސް އާއި އޮސްޓޭލިއާގެ މެޓް ވިލްކިންސަން އަދި މިމުބާރާތުގެ އެންމެ ފަހު ޗެމްޕިއަން އޮސްޓޭލިއާގެ ޖޯޝް ކާރ ހިމެއެވެ.
މީގެ އިތުރުން ރާއްޖޭގެ މަސްހޫރު ރާޅާ އެޅުންތެރިޔާ މުހައްމަދު ފަޔާޒް (ޕެލޭ) ވެސް ވާދަކުރެއެވެ. ޕެލޭއަކީ ރާއްޖޭގައި ބޭއްވި ރާޅާ އެޅުމުގެ މުބާރާތްތަކުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތެކެވެ.
ތިން ޑިވިޜަނަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ އެއްވަނަ ހޯދާ ފަރާތަކަށް 25,000 ޑޮލަރުގެ އަގުހުރި ފައިސާގެ އިނާމެއް ލިބޭނެއެވެ.
ކުޑަހުރާ ރިސޯޓް ކައިރީ އޮންނަ ރާޅާއަޅާ ޕޮއިންޓުގައި ބާއްވާ މި މުބާރާތް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.