ރާއްޖެއާއި ލަންކާ ބައްދަލުކުރާ ވޮލީ މެޗަށް ވ. އަތޮޅުން ސަޕޯޓަރުން ގެންނަނީ..

ކިޔުމަށް ހޭދަވާނީ 59ސ
ރާއްޖެއާއި ލަންކާ ބައްދަލުކުރާ ވޮލީ މެޗަށް ވ. އަތޮޅުން ސަޕޯޓަރުން ގެންނަނީ..

 

ރާއްޖެއާއި ލަންކާގެ ޤައުމީ ވޮޅީ ޓީމު ބައްދަލުކުރާ ވޮލީ މެޗަށް ވ. އަތޮޅުން ސަޕޯޓަރުން ގެންނަން ނިންމާފައިވާ ކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ދިވެހި ޤައުމީ ފިރިހެން ވޮލީޓީމާއި ބައްދަލުކުރައްވާ މިނިސްޓަރ ވިދާޅުވީ މި މަހުގެ 13 ވަނަ ދުވަހު ރާއްޖއާއި ލަންކާގެ ޤައުމީ ވޮލީ ޓީމު ބައްދަލުކުރާ މެޗުގައި ވޮލީބޯޅައިގެ ފޯރި އަލުން ފެށުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އަދި ވީހާވެސް ގިނަ ދިވެހިން، ދިވެހި ޓީމަށް ސަޕޯޓަރުން ޒުވާނުންގެ މަރުކަޒަށް ވަނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭކޯޓުގައެވެ.

ސްރީލަންކާގެ ޤައުމީ ފިރިހެން ވޮލީ ޓީމު މި މަހުގެ 11 އިން 15އަށް ރާއްޖެއަށް ކުރާ މި ދަތުރުގައި އެކުވެރިކަމުގެ 3 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ލަނކާގެ ޓީމު ރާއްޖެއަށް މިއަންނަނީ ޔުތް މިނިސްޓަރ އަޙްމަދު މަޚްލޫފުގެ ދަޢުވަތަކަށެވެ.

މިއީ ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ދިވެހި ޤައުމީ ވޮލީ ޓީމަށް ވާދަވެރި މެޗުތަކެއް ކުޅުމަށް ފުރުޞަތު ހޯދައިދިނުމަށް ގޮތުން މަޚްލޫފް ހޯއްދަވައިދެއްވި ފުރުޞަތެކެވެ.

މިއަދު އޮންލައިން