ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފްގެ މަންމަގެ އަތްދަބަސް ފޭރިގެންފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަތް ދަބަސް ފޭރިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި ދަބަސް ފޭރިގަތީ މަޚްލޫފުގެ ގެ ކަމަށްވާ ގ. ހާފުސީ ކައިރީ ހުންނަ އިހްސާން ފިހާރައިން ބަޒާރުކޮށްގެން ނުކުތް ތަނާއެވެ.
ފުލުހުން ބުނީ އަތް ދަބަސް ފޭރިގެންފައިވަނީ ސައިކަލްގައި ދިޔަ ދެ މީހެއް ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް މިހާތަނަށް އެ ދެ މީހުން އަތުލައިގަނެވިފައެއް ނުވެއެވެ.