މާފަރު އެއާޕޯޓު ބޮޑު ނުކުރަން އީޕީއޭއިން ލަފާދީފި!

ކިޔުމަށް ހޭދަވާނީ 1މ 41ސ
މާފަރު އެއާޕޯޓު ބޮޑު ނުކުރަން އީޕީއޭއިން ލަފާދީފި!

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްޤީކޮށް ބޮޑު ކުރަން ނިންމާފައިވާ މަޝްރޫޢު ކުރިއަށް ނުގެންދިޔުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ލަފާ ދީފިއެވެ.

އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު، މާފަރު އެއާޕޯޓް ބޮޑު ނުކުރުމަށް ލަފާދީ އީޕީއޭއިން ބުނެފައިވަނީ މާފަރު އެއާޕޯޓުގެ އެކްސްޕެންޝަން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާން ކޮށްފައިވާ ބޯއިން 777 ޓްވިން ޖެޓް ޖެއްސޭވަރަށް އެއާޕޯޓުގެ ރަންވޭ ބޮޑު ކުރުމަކީ ދުރު ރާސްތާއަށް ބަލާއިރު ލިބެނެ ސޯޝިއޯ އިކޮނޮމިކް އަދި ތިމާވެށީގެ މައްސަލަތަކާއި އަޅާބަލާއިރު އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.

އެމަރުކާގެ ބޯޓު މާފަރު އެއާޕޯޓަށް ޖައްސާނެ އަދަދެއް އަދި ނޭނގޭ ކަމަށާއި މިއީ ދުރުރާސްތާ އަށް ބަލާއިރު ލަފާކުރަން ނޭނގޭ ކަމެއް ކަމަށް ވެސް އީޕީއޭއިން ބުނެފައިވެ އެވެ.

މީގެ އިތުރުން އެއާޕޯޓު ބޮޑުކުރުމަށް މާފަރު ފަޅުން ހިއްކަންޖެހޭ ސަރަހައްދަކީ ރަށުގެ ފަޅުން ތާ އަބަދަށް ބޮޑު ބަޔެއް ގެއްލިގެން ދިޔުން ކަމަށާއި މިއީ އެ ސަރަހައްދުގެ ކަނޑުގެ ދިރުންތައް އެއްކޮށް ނެތިދާނެ ކަމެއްކަމަށް ވެސް އީޕީއޭ އިން ބުނެފައިވެ އެވެ. އަދި މާފަރު އެއާޕޯޓަށް ރަށުން ނަގާފައިވާ ބިމުގެ ބަދަލުގައި ރަށުގެ ފަޅުން ބޮޑު ބަޔެއް ހިއްކުމަށް ރައްޔިތުންނާއި ރަށު ކައުންސިލުން އެދެމުންދާއިރު އެއާޕޯޓު ބޮޑުކުރުމުގެ ނިޔަތުގައި ރަށުގެ ފަޅުން ބޮޑުބަޔެއް ހިއްކުމަކީ ކުރަން ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށް ބުނެފައިވެ އެވެ.

އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ މި އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

މާފަރު އެއާޕޯޓަކީ އޭ380 ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް ހަދަން އެ އެއާޕޯޓު ތަރައްގީކުރި ކުންފުނިން ބޭނުންވާ ކަން އިއުލާނު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މާފަރު އެއާޕޯޓު ބޮޑުކުރުމަށް ބޭނުންވާ ފަންޑު ދޭން ޔޫއޭއީ ސަރުކާރުންވެސް ވަނީ މިހާރު ރުހުން ދީފަ އެވެ.

މިއަދު އޮންލައިން