ޕާކިސްތާނުގެ އެމްބަސީގެ ފަރާތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް 10 ޑެސްކްޓޮޕް، 5 ލެޕްޓޮޕް، 6 އެއަރ ކޮންޑިޝަނަރ އަދި 3 ޕްރޮޖެކްޓަރ ހަދިޔާ ކުރަން ނިންމައިފިއެވެ.
މިތަކެތޔި ހަވާލުކުރަން ހަމަޖެހިފައިވަނީ އެކަމަށް ޚާއްޞަކޮށްގެން މާދަމާ ސިވިލް ސަރވިސް ކޮމިޝަނުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔާރޑް) މިސްޓަރ ވަސީމް އަކުރަމް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ޕާކިސްތާން އެމްބަސީ އިން ވަނީ 2017 ގައިވެސް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް 2 ސްމާރޓްބޯޑް ހަދިޔާކުރައްވަވާފައެވެ.