މިނިސްޓަރ މަޙްލޫފްގެ ގަމީހުގެ އަގު, ބޮޑު ބަހުސަކަށް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
މިނިސްޓަރ މަޙްލޫފްގެ ގަމީހުގެ އަގު, ބޮޑު ބަހުސަކަށް!

އުރީދޫ މޯލްޑިވްސްގެ ފަރާތުން މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ބޭއްވި "މަރުޙަބާ 2020" ޚަފްލާއަށް، ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ތުރުކުރައްވައިގެން ވަޑައިގެންނެވި ގަމީހުގެ އަގާއިމެދު ގިނަ ބަޔަކު ބަހުސް ކުރަމުން އެބަދެއެވެ.

"ޑޮޗްލޭ އެންޑް ގަބާނާ" ބްރޭންޑްގެ އެގަމީހަކީ ވަރަށް އަގުބޮޑު ގަމީހެއް ކަމަށް ބުނެ ގިނަބަޔަކު ވާހަކަމުންދާއިރު، އެމީހުން ބުނެފައިވާ ގޮތުގައި އެގަމީހުގެ އަގަކީ 800 ޑޮލަރެވެ. އަދި ބައެއް އޮންލައިން ސްޓޯރ ތަކުގައި ވެސް އެބްރޭންޑުގެ އެގަމީސް ލިބެން ހުރީ އެއަގަށް ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެވާހަކަތައް ދޮގުކޮށް މިނިސްޓަރ މަޙްލޫފް މިއަދުވަނީ އެވާހަކަތަކަށް ރައްދު ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ އެގަމީހަކީ 800 ޑޮލަރަށް ބައްލަވައިގަތް ގަމީހެއް ނޫން ކަމަށާއި "ދުބައީ ދެކޮޅު ޓިކެޓު ނަގައިގެން ގޮސް ނިއު އިޔަރ ސޭލުން ތި ގަމީސް ގަނެގެން އަޔަސް 800 ޑޮލަރު ނާރާނެ" ކަމަށެވެ.

މިނިސްޓަރ ދެއްވި ރައްދަށް ގިނަ ބަޔަކު ވަނީ ތަރުހީބު ދެއްވާ، އެއީ އަގުބޮޑު ގަމީހެއް ކަމަށް ބުނެ ވާހަކަފެތުރި މީހުންނަށް ފާޑުކިޔާފައެވެ.

 

މިއަދު އޮންލައިން