އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯ ބަށި މުބަރާތުގެ ފައިނަލަށް ރިއަލް އައިލަންޑް އާއި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ހިނގައްޖެ

އެސްޓީއޯ ބަށި މުބަރާތުގެ ފައިނަލަށް ރިއަލް އައިލަންޑް އާއި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ހިނގައްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް 2015 ބަށިމުބާރާތުގެ ފައިނަލަށް ރިއަލް އައިލަންޑްގެ ޓީމާ އާއި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ހިނގައްޖެއެވެ.

ރިއަލް އައިލަންޑްގެ ޓީމު ފައިނަލަށް ދިއައީ ސެމީ ފައިނަލްގެ މެޗްގައި ނިޔު ސްޓާރ ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް 34 ލަނޑު 4 ފޯލި/ 38 ލަނޑުން މޮޅުވެގެންނެވެ.

ފީއަަލި އެކުވެރި ޒުވާނުންގެ ޓީމު ފައިނަލަށް ދިއައީ ހުޅުމާލެ ވިމަންސް ސްޕޯޓްސް ޓީމާއި ބައްދަލުކޮށް 41 ލަނޑު 6 ފޯލި/ 42 ލަނޑު 2 ފޯލިން މޮޅުވެގެންނެވެ.

3 ވަނަ ހޮވާ މެޗްގައި ބައްދަލުކުރާނީ ނިޔު ސްޓާރ ސްޕޯޓްސް ކްލަބާއި ހުޅުމާލެ ވިމަންސް ސްޕޯޓްސްގެ ޓީމެވެ.

ފައިނަލް މެޗާއި 3 ވަަނަ ހޮވާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވާ އަންގާރަ ދުވަހުއެވެ. ހެނދުނު ކުޅޭނީ 3 ވަަނަ ހޮވާ މެޗެވެ. ފައިނަލް މެޗް ކުޅޭނީ ހަވީރު އެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް 2015 ބަށިމުބަރާތަކީ 21 ޓީމު ބައިވެރިވާ މުބާރާތެކެވެެ. މުބާރާތަށް އެސްޓީއޯ އިން ޓީމުތަކަށް އެކަނިވެސް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމެޖެހިފައެވެ. އެހެންކަމުން މިމުބަޜާތް ވެގެންދާނީ ރާއްޖޭގައި މިހައިތަނަށް ބާއްވާ ހުރިހައި ގޮތަކުން އެންމެ ބޮޑު ބަށި މުބަރާތަށެވެ.
ެ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު