އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖުނާ ކަޕުގައި މިއަދު ކުޅުނު މެޗު އެއްވަރު ވެއްޖެ

ޖުނާ ކަޕުގައި މިއަދު ކުޅުނު މެޗު އެއްވަރު ވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ "ޖުނާ ފުޓުބޯލް ޗެލެންޖް 2015" ގައި މިއަދު ކުޅުނު މެޗު 1 ލަނޑު 1 ލަނޑުން އެއްވަރު ވެއްޖެއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައިފައިވަނީ ފުރެންޑްސް ކުލަބުންނެވެ. މެޗުގެ 34 ވަނަ މިނެޓުގައި މި ލަނޑު ޖެހީ ޖާޒީ ނަންބަރު 12 މުޙައްމަދު އަޙުމަދެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.

އެއްވަރު ކޮށްދިން ލަނޑު އެފްސީ ރެސްޕެކްޓަށް ޖަހައިދިނީ އެޓީމުގެ ޖާރޒީ ނަންބަރ

3 ޙުސައިން ސިފާން ޔޫސުފެވެ. އޭނާ މި ލަނޑު ޖަހައިފައިވަނީ މެޗުގެ 84 ވަނަ މިނެޓުގައެވެ.

މިއަދުގެ މެޗުގައި ދެ ޓީމުންވެސް ކުޅެފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުންވެސްވަނީ އިދިކޮޅު ގޯލަށް ދޭތެރެ ދޭތެރެއިން ނުރައްކާ ކޮށްފައެވެ. މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ މައިލޯ ސިޓީ އެފްސީއާއި، މަލްޓި ޖީނިއަސްއެވެ. އެއީ މުބާރާތުގެ 7 ވަނަ މެޗެވެ. އެމެޗަށްފަހު ބާކީ އޮންނާނީ ފައިނަލް މެޗާއެކު 4 މެޗެވެ. ފައިނަލް އޮންނާނީ މިމަހު 30 ވަނަ ދުވަހު ހަވީރުއެވެ. މިއީ ޗެންޕިއަންޓީމަށް 3 ލައްކަ ރުފިޔާ ލިބޭ އަގުބޮޑު މުބާރާތެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު