އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

3 ލަނޑު 1 ލަނޑުން ބަންގްލަދޭޝް ބަލިކޮށް ރާއްޖެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފި

3 ލަނޑު 1 ލަނޑުން ބަންގްލަދޭޝް ބަލިކޮށް ރާއްޖެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ޓްރިވެންޑްރަމްގައި މިއަދު ހަވީރު ކުޅުނު ސާފު ސުޒުކީ ޗެމްޕިއަންޝިޕުގައި 3 ލަނޑު 1 ލަނޑުން ބަންގްލަދޭޝް ބަލިކޮށް ރާއްޖެ ސެމީ ފައިނަލުން ޖާގަކަށަވަރުކޮށްފިއެވެ.

މެޗްގެ ފުރަތަމަ ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ޢަލީ އަޝްފާޤް އެވެ. އެއަށްފަހު މެޗްގެ 90 މިނިޓް ހަމަވާން 4 މިނިޓަށް ކައިރިވެފައިވަނިކޮށް ބަންގްލަދޭޝް ވަނީ ލަނޑެއް ޖަހައި ސްކޯރ އެއްވަރުކޮށްފައެވެ.

އެއަށްފަހު ދެންފެނިގެން ދިއައީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒުވާން ކުޅުންތެރިޔާ ހަސަން ނާއިޒު ލަނޑެއްޖަހައި ކުރި ހޯދިތަނެވެ. އިތުރު ވަގުތުގައި މެޗުގެ 3 ވަނަ ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި އަޙްމަދު ނާޝިދު އެވެ.

މެޗު ކުޅެމުންދިއައިރު ރާއްޖޭގެ ސަޕޯޓަރުން މެދުކެނޑުމެއްނެތި ޓީމަށް ދެމުން ގެންދިއަ ފޯރި އާއި ތަރުހީބަކީ ފާހަގަކޮށްލަންޖެހޭ ފަދަ ތަރުޙީބެކެވެ.
މެޗަށް ސަޕޯޓަރުން ވެއްދުމަށްޓަކައި ޓްރިވެންޑްރަމުގައި ހުންނަ ރާއްޖޭގެ ކޮންސޯލުން ވަނީ 2000 ޓިކެޓް ބަހައިފައެވެ.

ދަނޑުގެ އެކި ސަރަހައްދުތަކުން ރަތްކުލައިގެ ހެދުން ފެނުނު މިންވަރުން ދިވެހިން، ދިވެހި ޓީމަށް ކުރި ތާއީދު ވަނީ ވަރަށް ރަނގަޅަސް ހާމަވެފައެވެ. ބައެއް ޢާއިލާތަކުގެ އެންމެން އެކުގައި ފޯރި ދިނުމަށް ދަނޑަށް ގޮސްތިބިކަން ފާހަގަކުރެވެއެވެ.

މެޗު ކުޅެމުންދިއައިރު ފަސްނުޖެހި ޒުވާން ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ދެމުން ކޯޗް ގެންދިއަކަން ވެގެން ދިއައީ މެޗްގެ ނަތީޖާ ބަދަލުކޮށް މޮޅު ވުމުގެ ފުރުޞަތު ރާއްޖެއަށް ލިބުނު ސަބަބުކަމަށް ކަމުގައި ފާހަގަކުރަންޖެހެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު