އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަރިއާގެ ތިން ލަނޑާއެކު ފްރެންޑްސް ފައިނަލަށް

ކަރިއާގެ ތިން ލަނޑާއެކު ފްރެންޑްސް ފައިނަލަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްދާ "ޖުނާ ފުޓުބޯލް ޗެލެންޖު 2015" ފައިނަލުގެފުރަތަމަ ޖާހަ ފްރެންޑްސް ކުލަބު ހޯދައިފިއެވެ.

އެޓީމު ފައިނަލަށް ދަތުރު ކުރީ މަލްޓި ޖީނިއަސްއާ މިއަދު ބައްދަލުކޮށް 6-0 ގެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. މި މޮޅާއެކު އެޓީމް ފުރަތަމަ ޓީމެއްގެ ގޮތުގައި ފައިނަލަށް ދިޔައީ ކުޅުނު 4 މެޗުގެ ތެރެއިން 2 މެޗުން އެއްވަރުވެ އަނެއް ދެމެޗުން މޮޅުވެ ޖުމްލަ 8 ޕޮއިންޓް ހޯދައިގެންނެވެ.


މިއަދުގެ މެޗުގައި ފްރެންޑްސްއަށް ލީޑު ނަގައިދިނީ އެޓީމަށް ކުޅޭ ޖަޕާނުގެ ކުޅުންތެރިޔާ، ޖަރޒީ ނަންބަރ 9 ކެއިޗީ ކަރިއާ އެވެ. އޭނާ މިލަނޑު ޖަހައިފައިވަނީ 11 ވަނަ މިނެޓުގައެވެ. ދެވަނަ ލަނޑުވެސް ޖެހީ އޭނާއެވެ. އެލަނޑު ކާމިޔާބު ކުރީ 17 ވަނަ މިނެޓުގައެވެ. މެޗުގެ 3 ވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ޖަރޒީ ނަންބަރ 28 އަޙުމަދު ރަޝީދެވެ. އެލަނޑު ޖެހީ 30 ވަނަ މިނެޓުގައެވެ. 4 ވަނަ ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރޒީ ނަންބަރ 17 އިޝާން އިބްރާހީމެވެ.

ފުރަތަމަ ހާފު ނިމިގެން ދިޔައީ 4-0 އިން ފްރެންޑްސް ކުލަބު ކުރީގައި އޮވެގެންނެވެ.
އެޓީމުގެ 5 ވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ޖަހައި ކަރިއާ ވަނީ ހެޓްރިކެއް ހަދައިފައެވެ. މިއީ މުބާރާތުގެ 3 ވަނަ ހެޓްރިކެވެ. 6 ވަނަ ލަނޑު 89 ވަނަ މިނެޓުގައު ޖެހީ ޖަރޒީ ނަންބަރ 24 މުޙައްމަދު އަތީފެވެ.


ފްރެންޑްސް ކުލަބާ ފައިނަލުގައި ބައްދަލު ކުރާނެ ޓީމެއް ޔަގީންވާނީ މާދަމާގެ މެޗަށްފަހުގައެވެ. އެ މެޗުގައި ބައްދަލު ކުރާނީ މައިލޯ ސިޓީ އެފްސީއާއި، ފޭދޫ ޔޫތުކޮމިޔުނިޓީ (އެފްވައިސީ) އެވެ. މި މެޗުން މޮޅުވާ ބަޔަކު ފައިނަލަށް ދާނެއެވެ. އެކަމަކު އެއްވަރު ކޮށްގެންވެސް އެފްވައިސީއަށް ފައިނަލަށް ދެވޭނެއެވެ.

ޗެންޕިއަން ޓީމަށް ތިން ލައްކަ ރުފިޔާ ލިބޭ މުބާރާތުގެ ފައިނަލް މެޗުއޮންނާނީ މިމަހު 30 ވަނަ ދުވަހު ހަވީރު އެވެ. މުބާރާތުގައި ވާދަކުރަނީ ޖުމްލަ 5 ޓީމެވެ. ފައިނަލަށް ދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު