އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަރެސްމާތޮޑާއި ފޭދޫ ބައްދަލުކުރި މެޗު އެއްވަރު

ފަރެސްމާތޮޑާއި ފޭދޫ ބައްދަލުކުރި މެޗު އެއްވަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

މިނިވަން 50 ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ސ. ހިތަދޫ ޒޯން ފުޓްބޯލް ސްޓޭޑިއަމްގައި ފަރެސްމާތޮޑާއި ސ. ސ. ފޭދޫ ބައްދަލުކުރި މެޗު 1-1 ލަނޑުން އެއްވަރު ވެއްޖެއެވެ.

މި މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ފޭދޫ ޓީމުންނެވެ. ފުރަތަމަ ހާފުގައި އެލަނޑުޖެހީ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ޖޯޖެވެ. އެލަނޑަށްފަހު ފަރެސްމާތޮޑާ ޓީމުން އިތުރު ހިތްވަރެއްލައި ކުޅެން ފެށިއެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަރެސްމާތޮޑާއިން ލަންޑެއްޖަހައި ނަތީޖާ ހަމަހަމަ ކުރުމެވެ. އެ ލަނޑު ޖަހައިދިނީ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރ ޝަންވީލް ގާސިމް (ބޮންޑާ) އެވެ.

މެޗު ނިމުނީ އިތުރު ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިއަދުގެ މެޗުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް ފޭދޫ ޓީމު ފެނުނީ ފަރެސްމާތޮޑާއަށްވުރެ ރަނގަޅަށެވެ. ފޭދޫގެ ހަމަލާތައް ގޯލަކަށް ނުވެ ސަލާމަތް ކޮށްދީފައިވަނީ ފަރެސްމާތޮޑާގެ ކީޕަރެވެ. އޭނާއަކީ އައިވަރީކޯސްޓުގެ ރައްޔިތެކެވެ.

މިއަދުގެ މެޗުގައި ފޭދޫ ޓީމުގެ ކުޅުންތެރިއަކަށް ވަނީ ރަތްކާޑު ވެސް ދައްކައިފައެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރުވެސް އެޓީމު ފެނުނީ ގަދަކޮށްނެވެ.

މިބާރާތުގެ މެޗެއް ހިތަދޫގައި ދެން އޮންނާނީ މިމަހު 14 ވަނަ ދުވަހުއެވެ. ބައްދަލުކުރާނީ ކެޔޮދުއާއި، ފަރެސްމާތޮޑާއެވެ. އިއްޔެ ކުޅުނު މެޗު ކެޔޮދޫ އަތުން ލ. ގަން މޮޅުވީ 2:0 އިންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު